މިނިވަން ދުވަހާ ގުޅިގެން މާލޭގައި ބެއްވުމަށް ހަމަޖެހިފައިވާ އެކި އެކި ހަރަކާތްތަކާ ގުޅިގެން ވަކި ގަޑި ތަކެއްގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.
އެގޮތުން މިއަދުގެ 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުމާއި މާދަމާރޭ 18:00 އިން 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް މަނާކުރިކުރުން މިހާރު ވަނީ ބާތިލު ކޮށްފައެވެ.