މިނިވަންދުވަހުގެ ޝަރަފްގައި މޯލްޑިވިއަންގެ ކެބިންކުރޫއިން ޤައުމީ ހެދުމުގައި!

މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގެ ކެބިން ކުރޫއިން އާންމުކޮށް ބޭނުންކުރާ ޔުނީފޯމްގެ ބަދަލުގައި ޤައުމީ ހެދުން ލައިފިއެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ފިރިހެން ކެބިންކުރޫއިން އަތްދިގު ހުދު ގަމީހާއި މުންޑުގައި ފުލައިޓްގައި ތިބި ތަނެވެ. އަދި އަންހެން ކެބިން ކުރޫއިން ދިގުހެދުމުގައި ބޮލުފޮތި އައްސާފައިވާ ތަނެވެ.

ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްދުވަހު ޤައުމީ ހެދުމުގެ ގޮތުގައި ދިވެހި އަންހެނުން އާންމުކޮށް ބޭނުންކުރަނީ ދިގު ހެދުމެވެ.

މިއަދަކީ ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަންދުވަހެވެ. މިއަދުގެ ޝަރަފްގައި ގިނަ ހަރަކާތްތަކެއް ސަރުކާރުން ގެންދަނީ ރާވާ ހިންގަމުންނެވެ. މިގޮތުން މިނިވަންދުވަހުގައި ޒަމާނުންސުރެ ބާއްވަމުން އަންނަ ހެވިކަމާ ގުޅިވަރުތަކާއި ފުޅަނދުބުރާއި ރަސްމީ ޖަލްސާގެ އިތުރުން ސްޓޭޖް ޝޯވތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ،

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޤާޢުމީީ ހެދުމޭޭ ތިި ކިޔާަ ހެދުންް މިހާރުު މިޤައުމަށްް ނުފެތޭހިނދުު، ޤައުމީީ ހެދުންް އަލުންް ޑިޒައިންް ކޮށްް ނެރުމަށްް ވަނީީ ޖެހިފަަ! ޙެދުންް ލައިގެންް އޮރިޔާމުންް ތިބުންް ހުއްދަަ ނުވާނެެ ކަންް ދިވެހީންެ ގަބޫލްް ކުރޭެ މިހާރުު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *