ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގްގެ އޭސީތައް އޯވަހީޓްވުމާގުޅިގެން ސާވާ މައްސަލަޖެހި ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެ މިނިސްޓްރީން ބުނީ އެ މިނިސްޓަރީ ހުންނަ އިމާރާތުގެ އޭސީތައް އޯވާހީޓް ވުމާ ގުޅިގެން ސާވާ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށާއި، މިނިސްޓަރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ހިދުމަތްތައް އަލުން ފެށޭނެ ވަގުތެއް ބުނަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެ މިނިސްޓަރީން ވަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށްވެސް ވިދާޅުވެފައެވެ.