މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.
ބާޒާރުން ފިޔާ ހުސްވެފައި މިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން އިންޑިއާއިން ފިޔާ ގެންނަ ބައެއް ބޯއްޓުތަކުގެ ދަތުރުތައް ލަސްވުމާ ގުޅިގެން ކަމަށް ފިޔާ އެތެރެކުރަ ވިޔާފާރިވެރިން ބުނެއެވެ. ނަމަވެސް ފިޔާ ހިފައިގެން މިހާރު ބައެއް ބޯއްޓުތައް މާލޭގެ ބަދަރުގައި އެބައޮތް ކަމަށާއި، މޫސުމް ގޯސްކަމުން މުދާ ބާލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެމްޕީއެލް އިން މުދާ ކުލިއާ ކުރުމުގައިވެސް ލަސްތަކެއް ވަމުންދާ ކަމަށެވެ.
ބާޒާރުގައި ވިޔާފާރިކުރާ ބައެއް ފަރާތްތަކުން ބުނީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެތެެރެ ކުރާ، މުޑުވާލި ފިހާރައިން މާދަމާ ފިޔާ ސްޓޮކް ބާޒާރަށް ނެރޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފިޔާގެ އިތުރުން ބާޒާރުން އާފަލު ހުސްވެ މިހާރު ބައެއް ފިހާރަތަކުގައި އާފަލެއް ވިއްކަން ހުރީ 12 ރުފިޔާއިން މަތީގައެވެ.