މުޙައްމަދު ޝަހީދު އާއި އަބްދުﷲ ޖަމީލް ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ޖޭއެސްސީން ފާސްކޮށްފި އެވެ
ހައިކޯޓްގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ 2 މަޤާމަށް އައްޔަނުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފައިވާ މުޙައްމަދު ޝަހީދު އަކީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އަބްދުﷲ ޖަމީލް އަކީ ކުރިން ސިވިލް ކޯޓްގެ ގާޒީ ކަމާއި މެޖެސްޓްރޭޓް ކަން ކޮށްފައިވާ ބޭފުޅެކެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ 2 މަޤާމު ހުސްވުމާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލާފައި ވެއެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފް ވަނީ ފަހުން ނަން އަނބުރާ ނަންގަވައިފަ އެވެ.