ވަންދޫ ފުޓްސަލް ދަނޑު ނިންމަން ފެނަކައާ ހަވާލުކޮށްފި

ކޮޅުމަޑުލު ވަންދޫ ފުޓްސަލް ދަނޑު ނިންމުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.

ވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފެށީ ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ކުރީގެ ސަރުކާރުންނެވެ. މި މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ނިމުނު ފަހުން މި މަސައްކަތްވަނީ ހުއްޓިފައެވެ. މަސައްކަތް ހުއްޓި ދިގުލައިގެން ގޮސްފައިވާތީ ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް ނިންމަން ރަށު ކައުންސިލުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމިއްލަ ކުންފުންޏެއް ކަމަށްވާ ސޯސަން ލިންކާ ހަވާލުކުރިއެވެ. އޭގެ ފަހުން އިއްޔެ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ފުޓްސަލް ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމަން ފެނަކަ ޕޯރަރޭޝަނާ ހަވާލުކޮށްފައެވެ.

ވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއުއެއް ސްޕޯޓްސް މިނިސްޓްރީން ވަނީ ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ އިއްޔެ ހަވާލު ކޮށްފައެވެ.

އެގޮތުން ހއ. ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫއެއް ހިންގުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ. އެއީ 4 އައުޓްޑޯ ޖިމާއި،، 3 ފުޓްސަލް ދަނޑާއި، 2 ހޭންޑްބޯޅަ ކޯޓާއި، ، 2 އައުޓްޑޯ ވޮލީކޯޓާއި، 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމާއި ލައިޓް ހަރުކުރުމެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރި 11 މަޝްރޫއުގެ ތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމެވެ، އާރުޑީސީއާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ނ، ރ، ކ، ފ، ތ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކުގެ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *