މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގައި މި އަހަރުގެ 2 ވަނަ ކުއާޓާގައި މަސައްކަތްކޮށްފައިވަނީ ޖުމްލަ 4،130 މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ މި އަހަރުގެ 2 ވަނަ ކުއާޓާގެ "ކުއާޓަލީ ރިޕޯޓް 2، 2025″ ގައި ބުނެފައިވަނީ އެ ކުންފުނީގައި ޖުމްލަ 4،130 މުވައްޒަފުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 2.463 ދިވެހިންނާއި 1،661 ބިދޭސީން ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ 2 ވަނަ ކުއާޓާގައި އެކުންފުންޏަށް އާމްދަނީގެ 490.3 މިލިޔަން ރުފިޔާގެ ލިބިފައިވާ ކަމަށާއި، އަދި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 27.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.
އަދި 2 ވަނަ ކުއާޓަރުގައި 313 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށާއި އޭގެ ތެރެެއިން 9 މަޝްރޫޢެއް ނިންމައި، 64 މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށާއި، އަދި އިތުރު 35 މަޝްރޫޢެއްގެ މަސައްކަތް އެކުންފުންޏަށް ލިބިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.