އަބްދުލްޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނުކުރުން ޖުޑިޝަރީ ކޮމެޓީން ރުހުންދީފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް ކުރިމަތިލީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

އެ މަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އެހެންކަމުން ރައީސް ޑރ މުއިއްޒު ވަނީ ޣަނީ ގެ ނަން ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ފޮނުވާފައެވެ.

މިއަދުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ޣަނީ ނަން ހުށަހެޅުމުން އެމައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އެއަށްފަހު ޖުޑީޝަރީ ކޮމެޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ ޣަނީ އެ މަޤާމަށް އައްޔަނުކުރަން ފެންނަ ކަމަށެވެ.

ދެން އޮންނާނީ މަޖިލީހުގެ ފްލޯރ އިން އެ މައްސަލާގައި ގޮތެއް ނިންމުމެވެ. ނަމެވެސް އެ މައްސަލާގައި މެމްބަރުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ތާވަލްކުރާނެ ވަކި ދުވަހެއް އަދި ކަޑައަޅާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *