އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމަށް އާ ޕްރައިސް އިންޑެކްސްއެއް ތަޢާރަފްކުރަނީ

އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށްޓަކައި އަގުތައް މޮނިޓަރކުރެވޭ ގޮތަށް އާ ޕްރައިސް އިންޑެކްސްއެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއް ޖެއެވެ.

ޕީއެސްއެމް ނިއުސް އަށް އިކޮނޮމިކް މިނިސްޓަރ ސައީދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށްޓަކައި، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއާ ގުޅިގެން އާ ޕްރައިސް އިންޑެކްސްއެއް ތައާރަފު ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި އާ ޕްރައިސް އިންޑެކްސް ތަޢާރަފް ކުރާނެ ކަމަށެވެ.

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ އޭނަ ވިދާޅުވީ އަލަށް ތައާރަފުކުރާ ޕްރައިސް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.

އަދި މި މަސައްކަތުގެ ދަށުން ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި 162 އައިޓަމް ހިމެނޭ ކަމަށެވެ. އަދި މި 162 އައިޓަމްގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ 2 ބާވަތެއް ހިމެނޭ ކަމަށެވެ.

މީގެތެރެއިން 35 ބާވަތަކީ އިތުރު ސަބްސިޓިއުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ ބާވަތްތަކުގެ ގޮތުގައި ދެނެގަނެ، އެފަދަ ބާވަތްތައް ކްރިޓިކަލް އައިޓަމްތަކު ގެ ގޮތުގައި ފާހަގަކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *