ބޮޑެތި އިނާމުތަކާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ޔަންމާ ސްޕެއާ ޕްރޮމޯ 2025″ ފަށައިފި އެވެ.
މިއަދުންފެށިގެން އަންނަ މަހުގެ 5 އަށް ކުރިއަށްގެންދާ "ޔަންމާ ސްޕެއާ ޕްރޮމޯ 2025″ އިފްތިތާޙުކޮށްދެއްވީ، ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފްލާއެއްގައި އެމްޓީސީސީގެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީއެވެ.
އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން އިތުރުކޮށް ދެމެހެއްޓުން ކަމަށެވެ.
އެގޮތުން އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް މި ޕްރޮމޯޝަންގެ މުއްދަތުގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސް އާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރާތް ކުރުން ވެސް ހިމެނޭ ކަމަށެވެ،
މީގެ އިތުރުން ބޮޑު އިނާމުތަކެއްވެސް މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަތރުންނަށް ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ޕްރޮމޯޝަނުގެ މުއްދަތުގައި ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީ އިން ދިވެހި ރާއްޖޭގައި ޔަންމާ އިންޖީނު ތައާރަފް ކުރިތާ 50 އަހަރުވާއިރު އެކުންފުނިންދަނީ މެދުކެނޑުމެއްނެތި އިންޖީނާއި އޭގެސްޕެއާ ފޯރުކޮށްދެމުންނެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުއުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާ ޔަންމާ އިން ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އިންޖީނުތައް ފަރުމާކުރުމުންފެށިގެން މެދު ނުކެނޑި ސްޕެއާ ފޯރުކޮށްދިނުމަށް ޔަންމާ ކުންފުންޏާ އެމްޓީސީސީ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީކުރަމުންވެވެ.
އެގޮތުން ރާއްޖޭގެ ޔަންމާ ކަސްޓަމަރުންނަށް މެދުނުކެނޑި ސްޕެއާ ފޯރުކޮށްދިނުމަށްޓަކއި 3 މަސްދުވަހަށް ބޭނުންވާ ސްޕެއާ ގެނެސް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް ދަނީ ހާއްސަ ސަަމާލުކަމެއް ދެމުންނެވެ.