ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
އިސްލާމިކް އެއާޒް މިނިސްޓްރީގައި މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ އެވެ. އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް އެވެ.
މި އެއްބަސްވުމުގެ ދަށުން މުރައިދޫގައި އިމާރާތްކުރާ މިސްކިތުގައި ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ވެސް އެކުލެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓުން 7.8 މިލިއަން ރުފިޔާ ހަރަދުކޮސްގެން އިމާރާތްކުރާ މި މިސްކިތުގައި ސޯލާ އިން ކަރަންޓް އުފެއްދޭ ސިސްޓަމް ވެސް ހަރުކުރުމަށް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.
One Response
ރީތިކޮށް މިސްކިތް ހަދާފައި ވާރެއާއި އަވިން އަގުބޮޑު ފައިވާނާއި ބޫޓް ސަލާމަތްވާނެ ގޮތެއް ނުބަހައްޓާތި..ހުކުރު މިސްކިތް ނަމޫނާއަކަށް ބަލާ..އޭރު ފައިވާނަށް އެރުން މަނާވާނެ…އަހަރެމެންގެ މެންޓަލިޓީ ހުންނަ މިންވަރަކީ މިވާހަކަ ބުނީމާ މިބުނަނީ މިސްކިތް ކައިރީގައި ހުންނާނެޔޭ ފައިވާން ބަހައްޓާ ހަރު ބަހައްޓާފަ…އެއީ އެއްފޫޓް ފުޅާ ހަރު.. ވެހިގަތީ ތެމުނީ..ދެން ބުނަނީ ފައިވާން ބެލެހެއްޓުމަކީ އެމީހެއްގެ ކަމެކޭ އެއީ ރަނގަޅު ވާހަކައެއް އެކަމަކު މިދައްކަނީ އެވާހަކައެއް ނޫން..ފައިވާން ވާރެއިން ހިޔާވާނެ ގޮތެއްގެ ވާހަކަ…ދެންބުނާނީ ކުރިން އަޅާފައިވާ މިސްކިތުގައި އެހެން ހުރީމާ ދެން ކުރާނީ ކީއްހޭ؟ ބަލަ ގިނަ މިސްކިތްތަކުގައި ހުސްޖާގަ ހުރޭ…ޑިޒައިނަރަކު ގާތު ބުނަންވީ މިސްކިތުގެ މޫނު މައްޗަށް ހުތުރު ނުވާ ގޮތަށް ފައިވާން ބެހެއްޓޭނެ ހިޔާ ތަންކޮޅެއް ޑިޒައިން ކޮށްލަދޭށޭ. އޭނާ އެތަން ރީތި މަލެއްހެން ވެސް ޑިޒައިން ކޮށްލާނެ..ރާއްޖޭގެ ރަށްރަށުގެ މިސްކިތް ތަކުގެ މިޙާލަތު އަދި މާގޯސް….ދެން ބުނޭ އެއީކުރަހާމީހާ ކުރެހި ގޮތޭ…ބަލަ މަސްއަލައަކީ އެމީހާއެއް ނޫން…އެކުރެހުން ފާސްކުރާ ރަސްމީ ފަރާތުގެ މަސްއަލައެއީ….ދެން މިކަހަލަ ޚިޔާލެއް އަނެއްކާ ނޫހަކު ވެސް ނުޖަހާނެ.