ބީއެމްއެލް ސްޓާޓަޕް ގްރާންޓް އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިއަށްގެންދާ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އަމާޒުިކޮށްގެން ބީއެމްއެލް އިން ކުރިއަށްގެންދާ މި ޕްރޮގްރާމުން ކުރިން 2 ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްްދިން ނަމަވެސް މިއަހަރުގެ ޕްރޮގްރާމުގައި 3 ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

ސެޕްޓެމްބަރ 4، 2025 ގެ ހަވީރު 4:00 އާއި ހަމައަށް މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ގްރާންޓްގެ ދަށުން، 500,000 ރުފިޔާ އާއިހަމައަށް ދޭ މާލީ އެހީތެރިކަމުގެ އިތުރުން ، އެ ބޭންކުން ވަނީ ކާމިޔާބުކަމާ އެކު ވިޔަފާރީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ އިރުޝާދު ދިނުމަށް ވެސް ނިންމާފަ އެވެ.

އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާ މި ގްރާންޓާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އެ ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ ބޭންކުން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *