މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާގެ) 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފާއިތުވި 15 އަހަރުގެ ތެރޭގައި އެ އޮތޯރިޓީއަށް އެންމެ ގިނައިން ޓެކްސް ދައްކާފައިވާ 15 ކުންފުންޏަކަށް "ރަން ފަނަރަ" އެވޯޑު ދީފި އެވެ.
އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކީ:
- ބޭންކް އޮފް މޯލްޑިވްސް
- ދިރާގު
- އައި އެންޑް ޓީ މެނޭޖްމަންޓް
- އިތާފުށި އިންވެސްޓްމެންޓް
- ކާސާ ހޯލްޑިންގްސް
- ކުރެއްދޫ ހޯލްޑިންގްސް
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
- އުރީދޫ މޯލްޑިވްސް
- ގަތަރު އެއާވޭސް
- ރީތި ރަށް ރިސޯޓް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ
- އެސްޓީއޯ
- ޓީއެމްއޭ
- ޔުނިވާސަލް އެންޓަޕްރައިސަސް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން
1 ޖަނަވަރީ 2011 އިން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ މި 15 ކުންފުންޏަށް އެވޯޑް ދިނުމަށް ނބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ފިނޭސްމިނިސްޓަރ މޫސާ ޒަމީރު އެވެ.