ޖުލައި މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި: މީރާ

މުދަލު ޒަކާތުގެގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިއަލަށް 73,601,575 ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ މިއަހަރުގެ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ޖުލައި މަހުގެ ނިއަލަށް މުދަލު ޒަކާތުގެގޮތުގައި 73,601,575 ރުފިޔާ މީރާ އަށް ލިބިފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 66,439,302 ރުފިޔާއާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ޖުލައި މުދަލު ޒަކާތުގެގޮތުގައި ވަނީ 12,024,260 ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖުލައިމަހު 15,637,375 ރުފިޔާ ލިބިފައި ވެއެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ނެވެ. އެންމެފަހުން އެ މިނިސްޓަރީން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9264.15 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *