އެމްޕީއެލް އާއި މިފްކޯ އިން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލް ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ. މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރެވެ.

މި އެއްބަސްވުމުގެ ދަށުން 2 ކުންފުނިން ގުޅިގެން ކުރެވިދާނެ ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، 2 ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށާއި މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި 2 ކުންފުނިން އެއްބާރުލުން ދިނުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *