މާލޭ މަސްމާރުކޭޓް 130،000ރ އަށް ކުއްޔަށް ދޭން ބިޑް ކޮމެޓީން ފާސްކޮށްފައިވަނިކޮށް ކުލީގެ އެއްބަސްވުން ހަދާފައިވަނީ 70،000ރ އަށް: މޭޔަރު އާޒިމް

މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ އެ ކައުންސިލްގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށްވާތީ، އެއްބަސްވުން ބާތިލްކުރުމާމެދު ގޮތެއް ނިންމަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ މާލޭ މަސްމާރުކޭޓްގެ އެއްބަސްވުން އިތުރުކުރުމަށް ކުރިން ނިންމާފައިވަނިކޮށް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް، މިދިޔަ ހަފުތާގައި ބޭއްވި ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެ ޖަލްސާގައި މޭޔަރ އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000ރ. އަށް ނަމަވެސް އެ ކުންފުންޏާއެކު އެއްބަސްވުން ހަދާފައި އޮތީ 70،000ރ. އަށެެވެ. އަދި އެތަނުގެ ކަރަންޓު ބިލަށް 437،926ރ. ނުދައްކާ އެބަ އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެންވެ، މިހާރު އޮތް ކޮންޓްރެކްޓްގައި ފުށޫއަރާ ކަންތައްތަކެއް ހުރުމުން އަލުން އިއުލާނުކޮށްގެން އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *