ކުރީ އަހަރާ އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް 9.1 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,416,141 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,298,289 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,039,352 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 309,490 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 37,282 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 29,018 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީތަކުގައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާއިން ޒިޔާރަތްކޮށްފައިވަނީ 218,268 ފަތުރުވެރިން، ރަޝިއާ އިން ޒިޔާރަތްކޮސްފައިވަނީ 168,288 ފަތުރުވެރިން، އިނގިރޭސިވިލާތުން ޒިޔާރަތްކޮސްފައިވަނީ 129,792 ފަތުރުވެރިން، އިޓަލީވިލާތުިން ޒިޔާރަތްކޮސްފައިވަނީ 102,053 ފަތުރުވެރިން، އަދި ޖަރުމަނުވިލާތުން ޒިޔާރަތްކޮސްފައިވަނީ 97,534 ފަތުރުވެރިން ނެވެ.
މީގެ އިތުރު ޓޫރިޒަމްގެ ތަފާސް ހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ 20 އަތޮޅެއްގައި މިވަގުތު އޮޕަރޭޓުކުރަމުންދަނީ 891 ގެސްޓްހައެވެ. 15,284 އެނދުގެ މި ކެޕޭސީޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޖުމްލަ އެނދުގެ 24 އިންސައްތައެވެ.