ތޮއްޑޫގައި ޑުލަރު އޭޓީއެމް ގެ ޙިދުމަތް ފަށައިފި

އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) އިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ތޮއްޑޫ ގައި ޑޮލަރު އޭޓީއެމް ގެ ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އއ އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އޭޓީއެމް ގެ ޙިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި، ބީއެމްއެލްގެ ސީއީއޯ ޝަރީފް އާއި ތޮއްޑޫ ކައުންސިލްގެ ރަސީސް ކަރަމް އެވެ.

ތޮއްޑޫގައި ޑޮލަރ އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމެވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށަކަށްވާތީއެވެ. ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެތީ ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *