ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ޗެއާމަން ކަމުގެ މަޤާމުން ވަކިކުރެއްވުމަށްފަހު އަނެއްކާވެސް މުހައްމަދު ޝާމީ އާދަމް އެ މަޤާމަށް އައްޔަންކޮށްފި އެވެ.
އާ ޑީސީގެ ޗެއާމަންކަމުން ޝާމީ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ގަ އެވެ. އެއަށްފަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އަނެއްކާވެސް މިއަދު ވަނީ މުހައްމަދު ޝާމީ އާދަމް އާރުޑީސީގެ ޗެއާމަންގެ މަޤާމަށް އައްޔަނުކުރިކަން އިއުލާނުކޮށްފައެވެ.
އަލުން އެ ޝާމީ އާދާމް އާޜުޑީސީ ގެ ޗެއާމަންގެ މަޤާމަށް އައްޔަނުކުރިއިރު އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވަނީ އެޗްޑީސީގެ އެ މަޤާމުތަކަށް ބަދަލުކޮސްފައެވެ. އެއަށްފަހު މިހާރު އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމް އެވެ.