ވުޟޫކޮށްގެން ހުރެ ފިރިމީހާ އަނބިމީހާ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެތަ؟

ވުޟޫކޮށްގެން ހުރެ، ފިރިމީހާ އަނބިމީހާގައިގައި ބީހުމުން ވުޟޫއެއް ނުގެއްލޭނެއެވެ. ފިރިއަކު އޭނާގެ އަނބިމީހާއާ އަތާއަތްޖޯޑުކޮށް ސަލާމްކުރުމަކުން، ނުވަތަ އަނބިމީހާއަށް ދޮނެއް ދިނުމަކުން އެއީ ޝަހުވަތާއެކުގައި ކަމަށްވިޔަސް އެއްޗެއް ބޭރު ނުވާހާ ހިނދަކު، އެދެމީހުން ކުރެ އެއްވެސް މީހެއްގެ ވުޟޫއެއް ނުގެއްލޭނެއެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ އަންނަނިވި ޙަދީޘުގެ ސަބަބުންނެވެ.

عن عائشة رضي الله عنها أن النبي صلى الله عليه وسلم : ( قَبَّلَ بَعْضَ نِسَائِهِ ثُمَّ خَرَجَ إِلَى الصَّلَاةِ وَلَمْ يَتَوَضَّأْ ) رواه الترمذي (86) ، والنسائي (1/104) وابن ماجه ( 502)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ކަނބަލަކަށް ދޮނެއްދެއްވާ އޭގެ ފަހުގައި ނަމާދަށް ނުކުމެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވުޟޫއެއް ނުކުރައްވައެވެ.”

ޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “މި ބަސްފުޅުތަކުގެ ތެރެއިން އެންމެ ރާޖިޙު އަދި އެންމެ ޞައްޙަ ބަސްފުޅަކީ ވުޟޫ ނުގެއްލޭނެކަމަށް ބުނާ ބަސްފުޅެވެ. ފިރިޔަކު އޭނާގެ އަނބިމީހާގެ ގައިގައި ބީހިއްޖެނަމަ ނުވަތަ ދޮންދީފިނަމަ އެންމެ ޞައްޙަ ބަހުގައި އެކަމުގެ ސަބަބުން ވުޟޫއެއް ނުގެއްލޭނެއެވެ.

އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލަކަށް ބޮސްދެއްވާ، އޭގެ ފަހުގައި ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނު ވުޟޫއެއް ނުކުރައްވައެވެ. އަޞްލަކީ ވުޟޫ ސަލާމަތުން ހުރުމެވެ. ޠަހާރަތު ސަލާމަތުން ހުރުމެވެ. އެއްވެސް ތަޢާރަޟުވުމެއް ނެތް، ދަލީލެއްގެ މައްޗަށް މެނުވީ، ވުޟޫ ގެއްލޭނެކަމަށް ނުބުނެވޭނެއެވެ. އަނބިމިހާގެ ގައިގައި ބީހުމުން މުޠްލަޤުކޮށް ވުޟޫ ގެއްލޭނެކަމަށް ދަލާލަތު ކުރާ އެއްވެސް ހެއްކެއް ނެތެވެ.

“مجموع الفتاوى” (17/219) .

 

މަރްޖިޢު

https://islamqa.info/ar/answers/134956

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *