ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ 2 ވަނަ ޒަކާތު ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ 2 ވަނަ "ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް ފަށައިފިއެވެ.

"ބައިނަލްއަގްވާމީ ޒަކާތުި ކޮންފަރެންސް 2025″ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.

މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން އަދުނާން ވިދާޅުވީ މި ކޮންފަރެންސް އިން ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅައި ފަރާތްތައް އެއް ތަނަކުން ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށާއި، އެހެންކަމުން ޓެކްނޮލޮޖީގެ އައު އިޖާދުތަކާއެކު ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މި ކޮންފަރެންސް ގައި މަޝްވަރާކުރެވޭނެކަމަށާއި، އަދި ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ މާލީ މުއާމަލާތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކް ޗެއިން އަދި އާޓިފިޝަލް އިންޓަލެޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ ބައިނަލްއަގްވާމީ މިފަދަ ކޮންފަރެންސް ތައް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމަކީ ދެމެހެއްޓެނެވި އަދި ކުރިއަރާފައިވާ ޒަކާތުގެ ނިޒާކަމަށް ހެދުން ކަމަށާއި، އަދި މި ކޮންފަރެންސް ގެ ސަބަބުން ޢިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުހިއްމު މައުލޫމާތާއި ތަޖުރިބާލިބި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *