ޖުލައިމަހު އިމްޕޯޓް އެކްސްޕޯޓް އާމްދާނީ ދަށްވެއްޖެ: ކަސްޓަމްސް

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު ޖުލައިމަހު އާމްދަނީ ހުރީ 295 މިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓު އެކްސްޕޯޓުން ދަޢުލަތަށް ވަނީ 364 މިލިޔަން ރުފިޔާ ލިބިފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ.

އެންމެ ގިނާ މުދާ އެތެރެކޮށްފައިވާ 5 ގައުމާއި އެ ގައުމުތަކުން އެތެރެކޮށްފައިވާ މުދަލުގެ އަގިތައް:

ޗައިނާ  712 މިލިޔަން ރުފިޔާގެ
އިންޑިއާ 704 މިލިޔަން ރުފިޔާގެ
ޔޫއޭއީ 622 މިލިޔަން ރުފިޔާގެ
އޮމާން 513 މިލިޔަން ރުފިޔާގެ
ސިންގަޕޫރު 432 މިލިޔަން ރުފިޔާގެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *