އުރީދޫ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ނޭނގި ކޮންމެ މަހަކު ބިލަށް އިތުރަށް 60 ރުފިޔާ އަރާ މައްސަލައެއް!

އުރީދޫ މޯލްޑިވެސް ގެ ބައެއް ކަސްޓަމަރުން އެ މީހުންގެ ފޯނު ބިލަށް ހަންގާމާ ސްބްސްކްރިޕްޝަންއަށް 60 ރުފިޔާ އިތުރަށް އަރާ މައްސަލަ ބޮޑުވެ އެކަން އިރުވަރު ނޫހާ ހިއްސާ ކޮށްފި އެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރަކު އިރުވަރާ ވާހަކަދައްކަމުން ބުނީ އެފަރާތުން ނަގާފައިވާ ޕެކޭޖުގެ އިތުރަށް ކޮންމެ މަހަކުވެސް 60 ރުފިޔާ އަރަމުންދާތީ އުރީދޫ ކަސްޓަމާ ސާވިސް ސެންޓަރަށް ގޮސް އެތައް ފަހަރަކު ޝަކުވާ ކޮސްފައިވާ ކަމަށެވެ.

އެ މީހާ ބުނީ ޝަކުވާކުރުމުން ކޮންމެ ފަހަރަކުވެސް އުރީދޫއިން ބުނަނީ ހަންގާމާ ކިޔާ ސާވިސް އެއް ސަބްސްކުރައިބް ކޮށްފައި އިނީމައި ދުވާލަކަށް އިތުރަށް 2 ރުފިޔާ ބިލަށް އެޑްވަމުންދާނެ ކަމަށެވެ. ނަމަވެސް އެފަރާތުން ބުނީ އެފަދަ އެއްޗެއް ދުވަހަކުވެސް ސަބްސްކުރައިބް ނުކުރާ ކަމަށާއި، ކޮންމެ ފަހަރަކުވެސް އުރީދޫއަށް ގޮސް އެބުނާ ހަންގާމާ ސާވިސް އަންސަބްސްކުރައިބްކުރުވާ ކަމަށެވެ.

މިހާރު އެތައް ފަހަރު އުރީދޫއަށް ގޮސް އެބުނާ ހަންގާމާ އަންސަބްސްކުރައިބް ކޮސްފިން، އެކަމަކު ހަމަ ދުވަސްކޮޅަކުން ބިލު އަންނައިރު 60 ރުފިޔާ އިތުރަށް އެބައަރާ، ދެން ބިލުގެ ތަފްސީލް ބަލާލާއިރު މި އިންނަނީ ދުވާލަކަށް 2 ރުފިޔާ ބިލަށް އެދޫވެފަ އެބުނާ ހަންގާމާ އަކަށް." އެމީހާ ބުންޏެވެ.

އެމީހާ ބުނީ ކޮންމެ މަހަކު އުރީދޫއަށްގޮސް އެ ޝަކުވާ ނުކުރެވޭނެ ކަމަށާއި އެހެންވެ، އުރީދޫއިން ފޮނުވާ ބިލަށް ފައިސާ ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިވާހަކަ އުރީދޫގެ ޕޯސްޓް ޕެއިޑް ގެންގުޅޭ އެހެން ކަސްޓަމަރެއް ގާތު ބުނުމުން އެމީހާ އެޕަށްވަދެ ބިލުގެ ތަފްސީލު ބަލައިލިއިރު އެމީހާގެ ބިލަށްވެސް ކޮންމެ މަހަކު ހަންގާމާ އަށް 60 ރުފިޔާ އެޑުވެފައިވާ ކަމަށާއި، މިއޮތްހާދުވަހު އެމީހާ އަށް އެކަން ނޭންގޭ ކަމަށެވެ.

އަދި އިތުރަށް އެކަން ބެލުމަށް އުރީދޫގެ ޕޯސްޓްޕެެއިޑް ގެންގުޅޭ އެހެން މީހަކާ ވާހަކަދައްކާލުމުން އެމީހާވެސް ބުނީ އެމީހާވެސް އުރީދޫއަށް ގޮސް އެއްފަހަރު އެމައްސަލަ ޖެއްސި ކަމަށާއި، ނަމަވެސް ދުވަސްކޮޅެއް ފަހުން ހަންގާމާ ސަބްސްކުރިޕްޝަން ބިލަށް އެޑްވާން ފަށާ ކަމަށެވެ.

އެފަރާތުން ބުނީ ކަސްޓަމަރުން ނުވެސް ދަންނަ ހިދުމަތެއް ކަސްޓަމަރަށް ނޭނގި ނެގި އަދި އެ ހިދުމަތުގެ ބޭނުން ނުކުރެވި ދުވާލަކަށް ކިތައް ކަސްޓަމަރުންގެ އަތުން އުރީދޫއިން 2 ރުފިޔާ ނަގަމުންދާނެ ބާއޭ ހިތައް އަރާ ކަމަށާއި އެހެންވެ އެކަން އުރީދޫ ގެ ކަސްޓަމރުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާތީ އެކަން މި ނޫހާ ހިއްސާކުރީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *