އެސްއެމްއީ ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަނުކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަންކޮށްފި އެވެ.

އެސްޑީއެފްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން މިއަހަރުގެ މާރިޗް މަހު އެ މަޤާމުން އިސްތިއުފާދެއްވި ފަހުން އެމްޑީގެ މަޤާމަށް އެއްވެސް ބޭފުޅަކު އައްޔނު ނުކޮށް މި އަހަރުގެ ޖުލައި މަހު ކެބިނެޓްުން ވަނީ އެސްޑީއެފްސީ ބޭންކްއޮފް މޯލްޑިވެސް އަށް ވިއްކާލަން ނިންމާފައެވެ.

ނަމަވެސް އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު ބަދުރުއްދީން ވަނީ އައްޔަނުކޮށްފައެވެ. އޭނާ މީގެ ކުރިން ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *