ސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށް މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހް އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފި އެވެ.

އެކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި ކޮސްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، އަލްފާޟިލް ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު ވަނީ އައްޔަނުކޮށްފައި ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވާފައިވާ ބޭފުޅެކެވެ. ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީވެސް އެ ކުންފޫނީގެ އިސް މަޤާމެއްގައި ހުންނަވަނިކޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *