ސީ-ޓު-އެއަރ މެދުވެރިކޮށް އޯގަސްޓް މަހު 291 ޓުނުގެ މުދާ ފޮނުވި: އެމްޕީއެލް

އޯގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 291 ޓުނުގެ މުދާ ދުނިޔޭގެ 18 ގައުމަކަށް ފޮނުވާވައިވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެމް އިން ހާމަކޮށްފައިވާ ސީ-ޓު-އެއާ ގެ އޯގަސްޓް މަހުގެ ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުން 2091ނ ޓަނުގެ މުދާ ދުނިޔޭގެ 18 ގައުމަކަށް ވަނީ ފޮނުވާފައެވެ. އެ ކުންފުނިން ހާމަކޮށްްފައިވާ މައުލޫމާތުގައިވާގޮތުން އެ ޙިދުމަތް ދިނުމަށް މިހާރުދަނީ 9 އެއާލައިނަކުން ބައިވެރިވަމުންނެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން 15 މެއި 2024 ގައި ތަޢާރަފްކޮށްްފައިވާ ހިދުމަތެކެވެ. އަދި މިޙިދުމަތުގެ ސަބަބުން ރާއްޖެއަށް ބޮޑު ނަފައެއް ލިބެމުންދާކަމަށް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *