މި އަހަރުގެ އޮގަސްޓު އާމްދަނީގެ ގޮތުގައި މީރާއަށް 2.12 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މިރާ އިން ހާމަކޮށްފައިވާ މައުލޫތުގައިވާ ގޮތުން މިއަހަރުގެ އޯސްޓްމަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 6.9 އިންސައްތަ އިތުރު ވެފައެވެ. މީގެ އިތުރުން މި އަހަރުގެ ބަޖެޓްގައި އޯގަސްޓްމަހު ލިބޭނެކަމަށް އަންދާޒާ ކޮސްފައިވާ އަދަދަށްވުރެ އާމްދަނީ ވަނީ 3.1 އިންސައްތަ އިތުރުވެފައެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ ތެރެެއިން 240.6 މިލިއަން ރުފިޔާ އަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިއަން ރުފިޔާ އާއި، ޑިޕާޗާ ޓެކުހުގެ ގޮތުގައި 162 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 63 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެ އެވެ.