ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ފެނޭތޯ ބެލުމަށް ގޮވާލައި ފްރާންސާއި ސައުދީއަރަބިއްޔާއިން އދ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ("ނިއު ޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓުލްމަންޓް އޮފް ދަ ކުއެޝަން އޮފް ފަލަސްތީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލޫޝަން") މިއަދު ވޯޓަށް އަހާނެކަމަށް ބުނެފި އެވެ.
ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން މި ގަރާރުގައި ހަމާސްގެ އިން އިސްރާއީލަށް ދީފައިވާ ހަމަލާއާއި ހަމާސް އިން އަސީރުކޮސްފައިވާ އިސްރާއީލު އަސީރުން މިނިވަންކުރުމަށާއި، ެަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއްއެ 2 ގައުމަށް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެ އެވެ.
މި ގަރާރުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ހަމާސް އިން ޣައްޒާގެ ކޮންޓްރޯލާއި ހަމާސްގެ ހަތިޔާރު ފަލަސްތީނު އޮތޯރިޓީ އާއި ހަވާލުކުރުމަށްވެސް ގޮވާލާފައި ވެއެވެ.
އދ ގައި ނަގަންތައްޔާރުވެފައިވާ ވޯޓާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ އިއްޔެ ވެސް ވަނީ ފަލަސްތީނުގެ ދައުލަތެއް ނޯންނާނެ ކަމަށާއިފަލަސްތީނުގެ ދައުލަތް ނުހެދޭނެ ކަމަށް ޔަހޫދީން ވެފައިުވާ ވައުދު ފުއްދާނެ ކަމަށް ބުނެ ބަހުގެ ހަމަލާތައް ދީފައެވެ. ދައްކައިފަ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ދައުލަތާ ބެހޭ ގޮތުން އާންމު މަޖިލީހުގައި ވޯޓު ނަގާއިރު އެމެރިކާއިން ވަނީ ފަލަސްތީނު ސަރުކާރުގެ އޮފިޝަލުން އާންމު މަޖިލީހަށް ވަޑައިގަތުމަށް ވިސާ ނުދޭން ނިންމައިފަ އެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 އިންސައްތަ ގައުމުން 1988 ވަނަ އަހަރު ފަަލަސްތީނުގެ އޭރުގެ ލީޑަޝިޕުން އިއުލާނުކުރި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެއެވެ.




