ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައި ފްރާންސާއި ސައުދީއަރަބިއްޔާއިން އދ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު "ނިއު ޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓުލްމަންޓް އޮފް ދަ ކުއެޝަން އޮފް ފަލަސްތީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލޫޝަން" ނުވަތަ ނިވްޔޯކް ޑެކްލަރޭޝަން) ފާސްކުިރަން ފެނޭތޯ ބެލުމަށް އދ ގެ އާންމު މަޖިލީހުގައި މިއަދު ނެގި ވޯޓު 142 ގައުމުގެ ވޯޓާއެކު ފާސްވެއްޖެ އެވެ.
ފަލަސްތީނުގެ ދައުލަތް ގާއިމް ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރު ފާސްކުރުމަށް މިއަދު އދ ގެ އާންމު މަޖިލީހުގައި ނެގި ވޮޓުގައި 142 ގައުމަކުން ގަރާރު ފާސްކުރުމަށް ވޯޓްދިންއިރު 10 ގައުމަކުން ވަނީ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. އަދި ވޯޓުގައި ނުވުމަށް 12 ގައުމަކުން ވަނީ ނިންމާފައެވެ.
ގަރާރާ ދެކޮޅަށް ވޯޓްދީފައިވަނީ އިސްރާއީލާއި، އެމެރިކާއާއި އާރޖެންޓީނާއާއި، ހަންގޭރީއާއި، މައިކްރޮނޭޝިއާއާއި، ނައުރު އަދި ޕަލާއު، ޕަޕްއާނިއުގިނީ، ޕެރެގުއޭގެ އިތުރުން ޓޮންގޯ އެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 އިންސައްތަ ގައުމުން 1988 ވަނަ އަހަރު ފަަލަސްތީނުގެ އޭރުގެ ލީޑަޝިޕުން އިއުލާނުކުރި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެއެވެ.




