ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަަޑައިގެންވި އެވެ.
މި މަހުގެ 20 ގެ ނިޔަލަށް ޕާކިސްތާނުގައި އެމަނިކުފާނު ހޭދަކުރައްވާ ކުރައްވާ މުއްދަތުގައި ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުނެއެވެ.
މި ދަތުރުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުގެ އިތުރުންހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވިއިރު މިއަދުގެ ވަގުތެއްގައި މީޑިއާ ބިލު ފާސްކުރުމަށް ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.