މައްސަލަ ހޫނުވެފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އަލުން ދިރާސާކުރަން އެ ކޮމިޓީން އެޖެންޑާކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލުވަނީ އެކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. އެއަށްފަހު މިއަދަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރުމަށްފަހު އެ ކަލްސާވެސް ވަނީ ފަސްކޮސްފައެވެ.
މިއަދު ހެނދުނުން ފެށިގެން އެމްޑީޕީ އާއި ނޫސްވެރިން ދަނީ މަޖިލިސްދޮށަށް އެއްވެ އިހްތިޖާޖް ކުރަމުންނެވެ. އިއްޔެ ބޭއްވި މަޖިލީހުގެ ކޮމެޓީގައި ބިލާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަން މުގައްރިރު ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވުމުން އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް ވަނީ ނޫސްވެރިން ހުށަހަޅައިފައި އޮތް ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލަށް ވޯޓަށް އަހާތީ އިހްތިުޖާޖް ކޮށްފައެވެ.