މަސް އެކްޕޓްކޮށްގެން މިއަހަރުގެ ފުރަތަމަ 6 މަސްތެރޭ 87 މިލިއަން ޑޮލަރުގެ އާމްދަނީލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ 6 މަސްތެރޭ މަސް އެކްސްޕޯޓްކޮށްގެން 82 މިލިއަން ޑޮލަރު (1.26 ބިލިއަން ރުފިޔާ) ގެ އާމްދަނީ ލިބިފައިވާ ކަމަށާއި، މިދިޔަ އަހަރުގެ އެ މުއްދަތުގައި މަސް އެކްސްޕޯޓް ކޮށްގެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ކަމަށެވެ. އެހެންކަމުން މި އަހަރުޔގެ އެ މުއްދަތުގައި މަސް އެކްސްޕޯޓު ކުރި އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 58 އިންސައްތަ އިތުރުވެފަ އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ މަހުގެ އެކްސްޕޯޓާއި މަސްވެރިކަމުން ލިބުނުނު އާމްދަނީ އެންމެ ބޮޑަށް ދަށްވި އަހަރެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް މަސް އެކްސްޕޯޓުކޮށްގެން ލިބިފައިވާ އާމްދަނީ އުޅެނީ 130 މިލިއަން ޑޮލަރާއި 155 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 53،000 މެޓްރިކް ޓަނުގަ މަސް އެކްސްޕޓުކޮށްފައިވާއިރު ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކޮށްފައިވަނީ 47،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން އެއަދަދަކީ މިދިޔަ އަހަރަށް ވުރެ 80 އިންސައްތަ އިތުރުއަދަދެކެވެ.