ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖްތާޒު އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖްތާޒު އައްޔަން ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްޖޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުޖްތާޒަށް މަގާމުގެ ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި މުޖްތާޒު ޖޭއެސްސީއަށް އަައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމަށް މުޖްތާޒް އައްޔަންކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *