ފުލުހުން ހޯދަމުންދިޔަ ޝިހާބު ނުފެނުމުން، އަނބިމީހާ ހައްޔަރަށް ގެންދިއުމާއެކު ޝިހާބު ފުލުހުންނާ ހަވާލުވެއްޖެ

12 އޯގަސްޓް 2020 ގައި ކަންނެލި ދޯންޏެއްގައި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާއުފުލާފައިވާ ގއ ވިލިނގިލި ލައިޓްހައުސް ޝިހާބް އިބްރާހިމް ފިލާގެން އުޅޭ މައްސަލާގައި އޭނާގެ އަންހެނުން ފުލުހުން ހައްޔަރުކުރުމާއެކު ޝިހާބު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެއްޖެއެވެ.

ޝަހީބުގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދާ ޝަހީބު، ފިލައިގެން އުޅެން އެހީތެރިވެފައި ވަނީ އަންހެނުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ހުށަހެޅުމާ ގުޅިގެންނެވެ.

އެހެންކަމުން އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށް އާއިޝަތު ވަހީދާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބަޔާންކޮސްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *