ރައީސް ޑރ މުއިއްޒު ވ ފުލިދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވ ފުލިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވައިފި އެވެ.

މެދުރާއްޖެތެރޭގެ 4 އަތޮޅަކަށް ރައީސް ޑރ މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި ވ ފުލިދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުން ވަނީ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން ފާހަގަކުރެއްވާފައެވެ. މީގެ އިތުރުން ރަށުގެ ބިންހިއްކުމަށް މިހާރު ހެދިފައިވާ ކޮންސެޕްޓްގެ ޑިޒައިނަށް ބަދަލުގެނައުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އަދި ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމުން މިހާރު ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުވެގެން ދާނެކަމަށް ފާހަގަކުރައްވައި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށްދެއްވުމާއި ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދެއްވުމާއި ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *