އޮރެންޖާ އާފަލުގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމަށްފަހު އެ ބާވަތްތަކުގެ މޭވާގެ އަގިތައް ބާޒާރުގައި ދަށަށް ދާން ފަށައިފިއެވެ.
އޮރެންޖާ އާފަލުގެ އަގުތައް މީގެ ކުރިން ވަކި އާފަލެއް 12 ރުފިޔާ އަށް އަދި އޮރެންޖެއް 10 ރުފިޔާ އަށް ނުވަތަ ރަތް އާފަލު ކޮލޯއެއް އަދި އޮރެންޖު ކިލޯއެއްގެ އަގު 70 ރުފިޔާ އާއި 80 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ހުރުމަށްފަހު މިއަދު ބާޒާރުގައި ރަތް އާފަލު ކޮލޯއެއް 44 ރުފިއާއަށް އަދި އޮރެންޖު ކޮލޯއެއް 33 ރުފިޔާއަށް ދަނީ ވިއްކަމުންނެވެ. އެގޮތުން ރަތް އާފަލެއް ވަކިން 3.50 ރުފިޔާއަށް ވަނީ ދަށް ވެފައެވެ. ނަމަވެސް ފެހި އާފަލު ކިލޯއެއްގެ އަގު މިހާރު ވެސް ހުރީ 63 ރުފިޔާ އަށެެވެ.
ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އުފުލުމާ ގުޅިގެން ރައީސް ޑރ މުއިއްޒު ވަނީ އެސްޓީއޯ މެދުވެރިކޮށް 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ ރާއްޖޭގެ ބާޒާރަށް މަދު ނުވާވަތރަށް އެތެރެކުރުމަށް ނިންމާފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު 15 އިން ފެށިގެން އެސްޓީއިން އެ ބާވަތްތައް ބާޒާރަށް ނެރެ އަގު އެއް މިންގަނޑެއްގައި ހިފަހައްޓާނެކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެދފައެވެ.