އެޢާޕޯޓުން ޑޮލަރު ފޭނު މައްސަލާގައި އިތުރު 3 މީހަކު ހައްޔަރުކޮށް 4 މީހެއްގ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގި ފޭރުމުގެ ހާދިސާ އާއި ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ އުމުރުން 27 އަހަރުގެ އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، އާއި ތ. ވިލުފުށި، އެހީވާގެ އުމުރުން 44 އަހަރުގެ އަހުމަދު މާހިދު އާއި ސ. ހިތަދޫ، ވަށަގުލިމާގެ އުމުރުން 21 އަހަރުގެ އަލީ އަފްޒަލް އެވެ.
މި މީހުންގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކމަށާއި، މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މި މައްސަލާ ގައި އެ ހާދިސާ ހިނގި ދުވަހު 4 މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮސްފައެވެ. އެ މީހުންނަކީ ލ.މާވަށް، ރޭޝަމް 25 އަހަރުގެ މާޒިން މޫށާ އާއި، މާލެ، މ.ކޯރަސް 20 އަހަރުގެ އަހްމަދު ރައިހާން ނައީމާއި، ކ.ގުރައިދޫ އަލިވިލާގެ އުމުރުން 24 އަހަރުގެ އިބްރާހިމް އަނޫފް އާއި، ކ.ގުރައިދޫ އަލިވިލާގެ އުމުރުން 30 އަހަރުގެ ހުސައިން ޝަހުދު އެވެ.