ސަރުކާރު ކުންފުނިތައް ގިންތިކޮށް އިނާޔަތް ކަނޑައަޅާ އުސޫލް އިސްލާހު ކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުންް "ވައިޓޭޖް" މެތަޑް އަށް ބަދަލުކޮށް ބޯޑު މެންބަރުންނާއި ޗެއާމަންގެ އިނާޔަތްތައް ކަނޑައަޅާނެ އުސޫލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން އިއުލާނުކޮށްފި އެވެ.

މި އުސޫލު އިސްލާހުކޮށްފައި ވަނީ، މިދިޔަ މަހުގެ 26 ގައި ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުންނެވެ.

އެކަން ހާމަކޮށް ޕީސީބީން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ ވަކި ޝަރުތެއް ފުރިހަމަ ނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ "ވައިޓޭޖް" މެތަޑަށް ކުންފުނިތައް ގިންތިކުރަން ނިންމާފައިވާ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަމަނުވުމުން ގިންތި ބަދަ ލުނުވެ އޮންނަ އުުސޫލު، މިބަދަލާ ގުޅިގެން ނިމުމަމަކަށް އައިސްފައިވާ ކަމަށެވެ.

ޕީސީބީން ބުނީ މި ބަދަލާ ގުޅޭގޮތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި ޑިސެމްބަރ 31 ގެ ކުރިން އެ މައުލޫމާތު ޕީސީބީއަށް ހިއްސާކުރުމަށް އެދޭ ކަމަށާއި، އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެ މުއްދަތުގައި ކަނޑަނޭޅިއްޖެނަމަ އެމައުލޫމާތު އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ކުރިން ޕީސީބީއަށް ހިއްސާކުރުޔމަށް އެދޭ ކަމަށެވެ.

މި ބަދަލާ ގުޅިގެން ކުންފުނިތައް ގިންތިކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރުން ފިޔަވައި އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާފޯމެންސް އެލަވަންސްތައް ވާނީ އުނިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *