ހުޅުމާލޭގައި ވެހިކަލް ޕާކްކުރާނެ ވަގުތީ ޕާކިންތަކެއް ހަމަޖައްސައިފި

ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރާނެ ވަގުތީ ޕާކިންތަކެއް ގާއިމްކޮށް ވެހިކަލް ޕާކިންއަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެކުންފުންޏާ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަގުތީ ޕާކިން ސަރަހައްދުތަކެއް ހަދާފައި މިވަނީ މި މަހުގެ 6 ވަނަ ދުހަު ފުލުހުންނާ އެޗްޑީސީ ގުޅިގެން ހުޅުމާލެ މަގުތަކާއި ހުސް ބިންތަކުގައި ގަވާއިދާހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ހިންގި އޮޕަރޭޝަނަށް ފަހު އެވެ.

އަދި މި ޕާކިންތައް ހަމަޖެއްސުމާ ގުޅިގެން މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގައި ޕާކް ކުރުމަށް ހާއްސަކުރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ މަސްޖިދުލް ވާލިދައިން ކައިރި 115 ވެހިކަލްގެ ޖާގަ އަކާއި، ގާޒީ ސްކޫލު ސަރަހައްދުން 254 ވެހިކަލްގެ ޖާގަ އަކާއި، ހިޔާ ޓަވަރު-16 ސަރަހައްދުން 1،233 ވެހިކަލް ޕާކް ކުރެވޭނެ ޖާގަ އަކާއި، ވިނަރެސް ސަރަހައްދުން 362 ވެހިކަލް ޕާކް ކުރެވޭނެ ޖާގަ އެކެވެ.

މި ޕާކިންތަކުގައި 1،964 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *