މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިއަލަށް އިންޑިއާއަށް ކުިރާ ދަތުރެއްގައި މެސީއާއި ސުއަރޭޒް އިންޑިއާއަށް އައިސްފި އެވެ.
މެސީއާއި ސްއަރޭޒްގެ މިދަތުރަކީ އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އިންތިޒާމް ކޮސްގެން މެސީގެ ސަޕޯޓަރުންނަށް ހަމަލޮލޮން މެސީ ބަލައިލުމުގެ ފުރުސަތު ހޯދައިދިުނުމުގެ ގޮތުން ރާވާފައިވާ ދަތުރެކެވެ.
އިންޑިއާ އަށް މެސީ ކުރާ 4 ދުވަހުގެ ދަތުރުގައި ފުރަތަމަ ދިޔައީ ކަލްކަތާގެ ވެސްޓް ބެންގާލްގެ ސޯލްޓް ލޭކް ސްޓޭޑިއަމް އަށެވެ. އެ ސްޓޭޑިއާމަށް މެސީ ދެކިލަން ގޮސްތިބި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންނަށް މެސީ ފެންނަ ގޮތެއް ނުވިއެވެ. ރާވާފައިވާ ގޮތަށް މެސީ ދަނޑުވަށައިގެން ހިނގާލުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކާއެކު ފޮޓޯނގުމަށްފަހު 12 މިނެޓްތެރޭގައި މެސީ ދަނޑުން ނިކުތުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް ވަދެ ވީއައިޕީ ގޮނޑިތަކަށް ގެއްލުން ދީފަ އެވެ.
އެއަށްފަހު މެސީދެން އާއި ސުއަރޭޒް ދެން ދިޔައީ ހައިދަރުއާބާދުގެ އުއްޕަލް ސްޓޭޑިއަމް އަށެވެ. އެ ސްޓޭޑިއަމްގައި މެސީއާއި ސުއަރޭޒް ވަނީ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ. އެ ސްޓޭޑިއަމްގައި މެސީ ވަނީ އިންޑިއާގެ އިދިކޮޅު ލީޑަރ ރާހޫލްގާންދީއާއިވެސް ބައްދަލު ކޮށްފައެވެ.

ވެސްޓް ބެންގާލްގެ ސޯލްޓް ލޭކް ސްޓޭޑިއަމް އަށް މެސީ ދެކިލުމަށް ވަނުމަށް ގިނަ ބަޔަކު 3،800 ރުޕީސް އާއި 11،800 ރުޕީސް އާ ދެމެދުގެ އަދަދެއް ދެއްކި ނަމަވެސް، ސިޔާސީ ފަރާތްތަކާއި ސެކިއުރިޓީގެ ސަބަބުންސަޕޯޓަރުންނަށް ރަނގަޅަށް މެސީ ފެންނަގޮތެއް ނުވި އެވެ. އެކަމާ ހިތްހަމަނުޖެހިގެން ސަޕޯޓަރުން ހިންގި ހަމަނުޖެހުން ސިޔާސީވެ އިދިކޮޅު ލީޑަރުން މިހާރު ވަނީ ވެރިކަންކުރާ އެ ސްޓޭޓްގެ ވެރިކަންކުރާ ޓީއެމްސީއަށް އަމާޒުކޮށް ވާހަކަ ދައްކާފަ އެވެ. އަދި އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް (އޭޑީޖީ) ޖާވިދު ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހަރަކާތް އިންތިޒާމް ކުރި ފަރާތް މިހާރު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.
ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް މެސީ އިންޑިއާގެ ހައިދަރުއާބާދު، މުމްބާއީ އަދި ދިއްލީއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މި ދަތުރުތަކުގައި އެގްޒިބިޝަން މެޗުތަކާއި، އިންޑިއާގެ އިސް ފަރާތްތަކާއި ޒުވާން އެތުލީޓުންނާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.




