ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤް 3 ދުވަހުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރބަލް އަބްދުއްރަހީމް އަބްދުﷲ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަރްދާރް އަޔާޒް ޞާދިޤް އަށް ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ޕާކިސްތާނަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެެވެ.