ބަންގްލަދޭޝްގައި 3 ފަހަރު ކުރީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ޒިއާ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 80 އަހަރުގައި ހާލިދާ ޒިޔާ، އަވަހާރަވެފައިވެފައިވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅުދައްވެ ނޮވެމްބަރު މަހުންފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮސްގެން ފަރުވާކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އެކަމަނާ އެޑްމިޓްކުރީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. އަދި އެއކަމަނާގެ ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޝެއިހް ހަސީނާގެ ވެރިކަމުގައި 2018 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނެވި ޚާލިދާ ޖަލުން މިނިވަންވެފައިވަނީ ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވައްޓާލުމާ ގުޅިގެންނެވެ.