އަންނަ އަހަރު ގައުމީ ރާޒުވާ ޓީމް 9 މުބާރާތުގައި ބައިވެރިވާނެކަމަށް ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
ޗެސް އެސޯސިިއޭޝަން އޮފް މޯލްޑިވްސްއިން އެލުކަވާލައި ކަލަންޑަރުގައިވާގޮތުން އެންމެ ފުރަތަމަ އެ އެސޯސިއޭޝަނުން ބައިވެރިވާނީ ފެބުރުއަރީ 2 ން 17 އަށް މާލޭގައި ބާއްވާ ނެޝަނަލް އޯޕަން އެންޑް ވިމެންސް 2025 އާއި، އޭޕްރީލް 1 ން 30 އަށް ބާއްވަން ނިންމާފައިވާ އިސްޓަރސުކޫލް ފެސްޓިވަލް 2026 އެވެ.
އެއަށްފަހު އެ އެސޯސިއޭޝަނުން ބައިވެރިވާނީ މޭ 7 ން 15 އަށް ދުބާއީގައި ބާއްވާ ވިމެންސް ޗެސް ޗެމްޕިއަންޝިޕް 2026 އެވެ. ހަމަ މި ތާރީހުތަކުގައި ދުބާއީގައި ބާއްވާ އޭޝިއަން އިންޑިވިޑުއަލް ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. އެއަށްފަހު ބައިވެރިވާނީ މޭ 20 ން 23 އަށް ބާއްވަން ހަމަޖެހިފައިވާ އައިންޓަރ އޮފީސް ޗެސް ޗެމްޕިއަންޝިޕް އަދި އެއަށްފަހު އިންޓަރ ރިސޯޓް މުބާރާތް ތާވަލުކޮށްފައިވަނީ މޭ 25 ން 28 އަށެވެ.
ޖޫން 4 އިން 11 އަށް ސްރީލަންކާގައި އޮންނަ ވެސްޓަރން އޭޝިއަން ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. އެއަށްފަހު އޮންނާނީ ޖޫން 14 ން 22 އަށް ނެޝަނަލް ކުލަބު ޗެސް ޗެމްޕިއަންޝިޕެވެ. ޖޫން 7 ން 27 އަށް ސްރީލަންކާގައި ބާއްވާ އޭޝިއަން ޖޫނިއަރ ރެޕިޑް އެންޑް ކްލެސިކް ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ. އަދި ޖުލައި 20 ން 30 އަށް ޗައިނާގައި ބާއްވާ 9 ވަނަ އޭޝިއަން ޗެސް ޗެމްޕިއަންޝިޕް 2026 ގައިވެސް ރާއްޖެއިން ބައިވެރިވާނެ އެވެ.
އޭގެފަހުން ރާއްޖެއިން ބައިވެރިވާނީ އޮގަސްޓް 5 ން 20 އަށް އިންޑޮނީޝިއާގައި ބާއްވާ 6 ވަނަ އޭޝިއަން އިންޑިވިޑުއަލް ޗެސް ޗެމްޕިއަންޝިޕް 2026 ގައެވެ. އަދި ސެޕްޓެމްބަރު 4 ން 17 އަސް އުޒުބެކިސްތާނުގައި ބާއްވާ ވޯލްޑް ޗެސް އޮލިމްޕެއިޑް ޗެސް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ވާދަކުރާނެއެވެ.
ނޭޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2026 ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 5 ން 31 އަށް މާލޭގައި އަދި ނޮވެމްބަރު 2-22 އަށް ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ފިޑޭ ސީނިއާ ޗެސް ޗެމްޕިއަންޝިޕް 2026 ގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. 2026 ވަނަ އަހަރު މާލޭގައި ބާއްވާ އެންމެ ފަހު މުބާރާތަކަށް ތާވަލްކޮށްފައިވަނީ މޯލްޑިވްސް ކެޑޭޓް ޗެސް ޗެމްޕިއަންޝިޕް 2026 އެވެ. އެ މުބާރާތް އޮންނާނީ ނޮވެމްބަރު 23 ން 2 ޑިސެމްބަރުގެ ނިޔަލަށެވެ.
އެންމެ ފަހު މުބާރާތަކަށް އެ އެސޯސިއޭޝަނުން ބައިވެރިވާން ނިންމާފައިވަނީ ޑިސެމްބަރު 9 ން 20 އަށް ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ސައުތު އޭޝިއަން މާޝަލް އާޓްސް ގޭމްސް ގައެވެ.