އިސްލާމީ ޢަޤީދާ އަކީ ޤައުމާއި ދަރިފަސްކޮޅާއި ޢާއިލާއަށް ވުރެވެސް މަތިވެރި އެއްޗެކެވެ

ލޯބިވުން އެއީ ފަސްގަނޑަކަށްޓަކައި ވާ ކަމެއް ކަމުގައިވާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ދޫނުކުރެއްވީހެވެ.

އަދި ލޯބިވުން އެއީ ވަކި ޤަބީލާއަކަށްޓަކައި ވާ ކަމެއް ކަމުގައި ވާނަމަ ޤުރައިޝް ވަންހައާ ދެކޮޅަށް އެކަލޭގެފާނު ހަނގުރާމަ ނުކުރެއްވީހެވެ.

އަދި ލޯބިވުން އެއީ ގާތްތިމާގެ މީހުންނަށްޓަކައި ވާ ކަމެއް ކަމުގައި ވާނަމަ އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ލަހަބުގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިނުގަތީހެވެ.

އާދެ އިސްލާމީ ޢަޤީދާ އަކީ ޤައުމާއި ދަރިފަސްކޮޅާއި ޢާއިލާއަށް ވުރެވެސް މަތިވެރި އެއްޗެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅު މިހެން ހުރި އިރު، ތިމާ ތާއީދުކުރާ ސިޔާސީ ޕާރޓީއަކަށްޓަކައި ނުވަތަ ސިޔާސީ މީހަކަށްޓަކައި، މީހުންދެކެ ލޯބިވެ، މީހުންނަށް ނަފުރަތު ކުރާނީ ކިހިނަކުން ތޯއެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *