ތިބާ މަރުވުމާއެކު ތިބާގެ ފާފަތައްވެސް ތިބާއާއެކު މަރުވެދާ މީހުންގެ ތެރެއިން ތިބާވާށެވެ!

ތިބާ މަރުވުމާއެކު ތިބާގެ ފާފަތައްވެސް ތިބާއާއެކު މަރުވާ މީހުންގެ ތެރެއިން ތިބާވާށެވެ. މަރުވުމަށްފަހުގައިވެސް އެތައް އަހަރެއް ވަންދެން އެތައް ސަތޭކައަހަރެއް ވަންދެން ތިބާގެ ފާފަތައް ދެމިހުންނަ މީހުންގެ ތެރެއިން ތިބާނުވާށެވެ. އެ ފާފަތަކުގެ ސަބަބުން ކަށްވަޅުގައި ތިބާއަށް ޢަޛާބު ދެވޭނެއެވެ. އަދި އެފާފަތަކާމެދު ތިބާއާ ސުވާލުވެވޭނެއެވެ.

إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ ‎- يس 12

“ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންއިލާހެވެ. އަދި އެއުރެން އިސްކޮށްފައިވާ ޢަމަލުތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ އަޘަރުތައް ތިމަންއިލާހު ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމެނުއްވީމެވެ.”

މަރުވުމުގެ ކުރީން ކުރި ޢަމަލުތައް ލިޔުއްވި ފަދައިން މަރުވުމަށްފަހު ދޫކޮށްފައިދާ އަޘަރުތައްވެސް ލިޔުއްވަމެވެ. ދެމިގެންވާ ހެޔޮކަމަށް ޘަވާބު ލިބޭފަދައިން، ދެމިގެންވާ ނުބައިކަމަށް ޢަޛާބުވެސް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *