ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ދިވެހި ރައްޔިޮތުންނާ ސަރުކާރުން ބައިވެރިވެވަޑައިގަންނަވާ ކަމަަށާއި، އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާ ކަމަށް ވިދާޅުވެދައެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.