ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓް ކުރާ ފަރާތްތަކަށް އާންމަދަނީ ހޯދައިދިނުމާގުޅޭގޮތުން ޓިކްޓްގެ ވެރިންނާ މަޝްވާރާކޮށްފި

ރާއްޖޭގައި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓް ކުރާ ފަރާތްތަކަށް އާންމަދަނީ ހޯދައިދިނުމާގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ޓިކްޓްގެ ވެރިންނާ މަޝްވާރާކޮށްފި އެވެ.

ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގައި މިނިސްޓަރ ސައީދު ވަނީ ޓިކްޓޮކްގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރް ގެލެން އާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ވަރމަންޓް ރިލޭޝަންސް އެންޑް ޕަ ބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރް ގެލެން އާއި މިނިސްޓަރ ސައީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށާއި. އެގޮތުން ޓިކްޓޮކާ އޮތް ގުޅުމުގެ ތެރެއިން ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ތަކުގެ ތެރެެއިން ޓިކްޓޮކް ގެ ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށާއި އަދި އެކަމުގައި ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ޓިކްޓިކުން އާމްދަނީ ހޯދެނީ 10 ހާސް ފްޕޯވަރުން ތިބޭ އެކައުންޓް ތަކުން ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *