އައްތަޙިއްޔާތަށް އިންނައިރު ބަލާނީ އިޝާރާތްކުރާ ޝަހާދަތް އިނގިއްޔަށް

ނަމާދުގައި އަޞްލަކީ ސަޖިދަޖަހާ ތަނަށް ބެލުމެވެ.

އެކަމަކު، ނަމާދަށް އައްތަޙިއްޔާތުގައި އިންނައިރު ބަލާނީ އިޝާރާތްކުރާ ޝަހާދަތް އިނގިއްޔަށެވެ.

އެކަމުގެ ދަލީލު:

عن عَبْدِ للهِ بن الزُّبَير أَنَّ النَّبِيَّ صَلَّى للهُ عَلَيْهِ وَسَلَّمَ “كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى ، وَأَشَارَ بِالسَّبَّابَةِ لَا يُجَاوِزُ بَصَرُهُ إِشَارَتَهُ“. – رواه أبو داود ( 990 ) والنسائي ( 1275 ) – واللفظ له – وصححه النووي في ” شرح مسلم ” ( 5 / 81 )

ޢަބްދުﷲ ބިން އައްޒުބައިރުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އައްތަޙިއްޔާތަށް އިށިއިނދެވަޑައިގަންނަވާ ނަމަ އެކަލޭގެފާނުގެ ވައަތްޕުޅު އެކަލޭގެފާނުގެ ވައަތު ފަލަމަސްގަނޑުގެ މަތީގައި ބާއްވަވައެވެ. އަދި އެކަލޭގެފާނުގެ (ކަނާތު) ޝަހާދަތް އިނގިލިން އިޝާރަތްކުރައްވައެވެ. އެކަލޭގެފާނުގެ ބެއްލެވުން އެއިޝާރަތްކުރެއްވުން ފަހަނައަޅައި ނުދެއެވެ. (އެބަހީ އެކަލޭގެފާނު ބައްލަވަނީ އިޝާރާތްކުރައްވާ އިނގިއްޔަށެވެ.)

އައްތަޙިއްޔާތުގެ އިތުރު ދެސަޖިދަ ދެމެދު އިންނައިރުވެސް ދެއަތާދިމާލަށް ބެލުމަށް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. “مجموع فتاوى ابن باز” (29 / 241) .

 

މަރްޖިޢު

https://islamqa.info/ar/answers/149172

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *