އާއިލާއަށް ހަބަރެއްނުވާތާ 2 މަސް ވެގެން ގެއްލިފައިވާކަމަށްބަލައި ފުލުހަށް ރިޕޯޓުކޮށްގެން ހޯދަމުންދިޔަ މީހާ ހުރީ ތިލަފުށީގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލައް، ދޫޑިގަން، ދުންފުނިގެ، އުމުރުން 64 އަހަރުގެ އަބްދުލްއަޒީޒު މުހައްމަދު، ތިލަފުށީގައި ގަދަވެ ސަލާމަތުން ހުރިކަން އަންގާފައިވާ ކަމަށެވެ.
އެގޮތުން އޭނާ ހޯމދުމަށް ފުލުހުން އިއްޔެ އާންމުކޮށް އިއުލާނުކުރުމާ ގުޅިގެން އޭނާގެ އާއިލާއަށާއި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަގަދަވެ ސަލާމަތުން ކަމަށް މައުލޫމާތު ދީފައި ވާކަމަށެވެ.
ފުލުހުން އިއްޔެ ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އަދި އޭޏާގެ އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.