މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.3 އިންސައްތަ މަތިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރު މި މަހުގެ 26ގެ ނިއަލަށްް ރާއްޖެއަށް 185،735 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮސްފައިވަނީ 178،150 ފަރުރުވެރިންނެވެ.
އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 4.3 އިންސައްތަ އިތުރު ވެފައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީންނެވެ. އެގޮތުން ރަޝިޔާއިން މިއަހަރުގެ މިހާތަނަށް 25،530 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އިޓަލީން ވަނީ 19،916 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.